އެއަރ އޭޝިއާގެ ކެޕޭސިޓީ ބޮޑުކޮށް، ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުކުރަނީ..

ކިޔުމަށް ހޭދަވާނީ 46ސ
އެއަރ އޭޝިއާގެ ކެޕޭސިޓީ ބޮޑުކޮށް، ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުކުރަނީ..
އެއަރ އޭޝިއާގެ ކެޕޭސިޓީ ބޮޑުކޮށް، ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެ އެއަރލައިންގެ ރާއްޖޭގެ އެޖެންޓް އޯލް އެޗް މޯލްޑިވްސް އިން ބުނީ ކުރިން 180 މީހުންގެ ކެޕޭސިޓީގައި ދަތުރުކުރި ނަމަވެސް މިހާރު 373 މީހުންގެ ޖާގައަށް އިތުރުކޮށް، ކޮންމެ ދުވަހަކުވެސް އެ އެއަރލައިންގެ ދަތުރުތަޢް ރާއްޖެއަށް ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއްބަޖެޓް އެއަރލައިން އިން މިދިޔަ މަހުން ފެށިގެން ކޮންމެ ދުވަހަކު ފްލައިޓްތައް ރާއްޖެއަށް ފަށާފައިވާއިރު، ރާއްޖެއަށް ދަތުރު ކުރުމަށް ބޭނުން ކުރަނީ އެއަރބަސް 330 ގެ ފްލައިޓެއް ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

ފްލައިޓްތައް އިތުރުކޮށްފައިވަނީ މަކާއޯ އާއި ރާއްޖެއަށް ކަމަށާއި ބޭނުމަކީ ބަޖެޓް އެއަރލައިނުން ދަތުރުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްދިނުން ކަމަށްވެސް އެއަރ އޭޝިއާ އިން ބުންޏެވެ.
މިއަދު އޮންލައިން