ރީފް ސައިޑް "މަރުޙަބާ ރަމަޟާން" ޕްރޮމޯޝަންގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ރީފް ސައިޑުން ވިއްކާ ގިނަ ތަކެތި ވަނީ އަގުހެޔޮކޮށްފައިވާ އިރު، ބޮޑެތި ޑިސްކައުންޓުތައްވެސް ލިބެއެވެ.
އެގޮތުން އެލްޖީ 43 އިންޗީގެ 4ކޭ ރިޒޮލިއުޝަން ޓީވީ މިހާރު ވިއްކަނީ 11،500 ރުފިޔާއަށެވެ. މިޓީވީ ކުރިން ހުރީ 20،000 އަށް ވުރެ ބޮޑު އަގަކަށެވެ. އަދި ހޯމް އެޕްލަޔަންސާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތަކާއި އަތުކުރި ގަޑި، ފްރިޖު، އޭސީ އާއި ބަދިގޭ ސާމާނު ހިމެނެއެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި ރީފްސައިޑުން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން 4 ނަސީބުވެރިއަކު ހޮވުމަށް ނިންމާފައިވާ އިރު، އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 40،000 ރުފިޔާގެ އަގުހުރި، ރާޑޯ ބްރޭންޑުގެ ކަޕްލް އަތުކުރި ގަޑި ލިބޭނެއެވެ.
ދެވަނަ އިނާމަކަށް ބޯސް ބްރޭންޑުގެ ސައުންޑްޓަކް 300 ހޯމްތިއޭޓަރ ސައުންޑްބާއެއް، ތިންވަނަ އިނާމަކަށް ސޮނީ ޕްލޭސްޓޭޝަން 4 ޕްރޯއެއް އަދި ހަތަރުވަނަ ނަސީބުވެރިޔާއަށް ގޯޕްރޯ ހީރޯ 5 ކެމެރާއެއް ލިބޭނެއެވެ.
"މަރުހަބާ ރަމަޟާން" ޕްރޮމޯޝަން މާލޭގައި ހުރި ރީފްސައިޑުގެ ހަތަރު ފިހާރަ ކަމަށްވާ އޯކިޑުމަގުގައި ހުންނަ ރީފްސައިޑު ޓިވީ ސްޓޯރާއި ރީފްސައިޑު އިމްޕްރެޝަން، ފަރީދީމަގުގައި ހުންނަ ރީފްސައިޑު އިލެކްޓްރޯނިކްސް އާއި މަޖީދީމަގުގައި ހުންނަ ރީފްސައިޑު ލައިފްސްޓައިލުގައި ކުރިއަށްދާނެއެވެ.