ސްރީލަންކަން އެއަރލައިންސް އިން ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ ދެ ދުވަހުގެ ޚާއްޞަ ފެއާރއެއް ތަޢާރަފްކޮށްފިއެވެ.
އެ އެއަރލައިނުން ބުނީ މި ފެއާރގައި ދަތުރު ކުރެވޭނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް ޓިކެޓް ނަގަން ޖެހޭ ކަމަށެވެ.
މި ޚާއްޞަ ޕްރޮމޯޝަންގެ ދަށުން ޓިކެޓުގެ 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށާއި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރެވޭނީ ހަމައެކަނި އެކޮނޮމީ ކްލާހުން ކަމަށްވެސް ބުންޏެވެ.