އެލިޔާ ބައިއުއްތަގްސީތު ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 23ސ
އެލިޔާ ބައިއުއްތަގްސީތު ތަޢާރަފްކޮށްފި
އެލިޔާ ބައިއުއްތަގްސީތު (އޭބީޓީ) ގެ ނަމުގައި އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތަށް ބައްޓަންކޮށްފައިވާ ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިޔާ އިންވެސްޓްމެންޓްސް އިން ތަޢާރަފްކޮށްފިއެވެ.

އިންސްޓޯލްމަންޓަށް ނަގާ މުދަލަށް ފުރަތަމަ ޕޭމަންޓް ދައްކާ ހިސާބުން އެ މުދާ ކަސްޓަމަރަށް މިލްކުވާ މި ސްކީމް ތަޢާރަފްކޮށްދެއްވީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަހްމަދެވެ.

މި ޙަފުލާގައި މިނިސްޓަރ ވިދާޅުވީ އެލިޔާ އަކީ ވާދަވެރިންނަށް މިސާލެއް ކަމަށާއި ވިޔަފާރީގެ މުއާމަލާތްތައް އެންމެ ފުރިހަމަ ގޮތުގައި މުސްލިމުންނަށް ކުރެވޭނޭ މަގު އެލިޔާއިން ފަހިކޮށްދޭތީ އެކަމަށް އޭނާ ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެލިޔާ ޝަރީޢާ ކޮމިޓީގެ މުޤައްރިރު ޑރ. ޢައިޝަތު މުނީރާ ވިދާޅުވީ މިހާރު ޢާންމުވެފައިވާ އިންސްޓޯލްމަންޓް ސިޔާސަތުތަކަށް ބަލާއިރު، ޤަވާޢިދުން ފައިސާ ނުދެއްކޭ ނަމަ ވަކި ފީއެއް ދައްކަން ޖެހޭ ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް ބަލާއިރު ނެގުން އެދެވިގެންވާ ޕޭމަންޓެއް ނޫން ކަމަށެވެ. އަދި ރިބާއަށް މަގުފަހިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެލިޔާގެ މާލީ ސިޔާސަތަކީ ލޭޓް ޕޭމަންޓް ޖޫރިމަނާ ނުހިމެނޭ، ޝަރީޢަތާއި އަދި ބައިނަލްއަޤުވާމީ ހަމަތަކާވެސް އެއްގޮތްވާ ގޮތަށް ބައްޓަން ކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.

މި ސްކީމްގެ ދަށުން ޔަމަހާ ބްރޭންޑްގެ ސައިކަލާއި އައުޓްބޯޓް އިންޖީނާއި މޫދު ސައިކަލާއި ގަލްފް ކްރާފްޓް މުދާ އިންސްޓޯލްމެންޓަށް ނެގޭނެއެވެ.

މިއަދު އޮންލައިން