ހުސްވިމަހުގެ ތެރޭގައި ޖެނެރަލް ރިޒަރވްއަށް 10.9 މިލިއަން ރުފިޔާ ވަނީ އިތުރުވެއްޖެ

ކިޔުމަށް ހޭދަވާނީ 37ސ
ހުސްވިމަހުގެ ތެރޭގައި ޖެނެރަލް ރިޒަރވްއަށް 10.9 މިލިއަން ރުފިޔާ ވަނީ އިތުރުވެއްޖެ
ހުސްވިމަހުގެ ތެރޭގައި ޖެނެރަލް ރިޒަރވްއަށް 10.9 މިލިއަން ރުފިޔާ ވަނީ އިތުރުވެއްޖެ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ބުނީ އޭޕްރިލް މަސް ނިމުނުއިރު އެމްއެމްއޭގެ ޖެނެރަލް ރިޒަރވް ހުރީ 302.3 މިލިއަން ރުފިޔާގައި ކަމަށާއި މިއަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ހުރީ 494.6 މިލިއަން ޑޮލަރުގައި ކަމަށެވެ.

ރަސްމީ ރިޒަރވްގެ ތެރެއިން ޔޫޒަބަލް ރިޒަރވްގެ ގޮތުގައި 216.2 މިލިއަން ޑޮލަރު ހުރި އިރު، މަހުން މަހަށް ބަލާއިރު ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރި ޢަދަދުވަނީ ހަތަރެއް އިންސައްތަ ވަނީ ދަށަށްގޮސްފައެވެ.

މެއިމަސް ނިމުނުއިރު މަރުކަޒީ ބޭންކުގެ ޖެނެރަލް ރިޒަރވް 313.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދު އޮންލައިން