އެ ކުންފުނިން ބުނީ މިއީ އެއްލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އައުޓްބޯޑު އިންޖީނެއް އިނާމަކަށް ލިބޭ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނުގައި ގިނަ އުފެއްދުންތަކަކުން ޑިސްކައުންޓް އަގުތަކުގައި ލިބެން ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި ޔަންމާ ސްޕެއަރ، ޔަންމާ އަޑީތެޔޮ އަދި ސުޒުކީގެ 150، 175، 200، 225 އަދި 250 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނުތަކުން 6 ޕަސަންޓާއި 25 ޕަސަންޓާއި ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި އެމްޓީސީސީ ކަށަވަރު ޝޯވރޫމުން ކުރާ ކޮންމެ 5،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ އިރު، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް 25 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެއް އިނާމުގެ ގޮތުގައި ލިބޭނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
#JunjulaaPromo2017. Special prices and a lucky draw with a chance to win a 25HP Suzuki outboard. Valid from 10th June until 31st July 2017. pic.twitter.com/yNY6ujjcqw
— MTCC Plc (@MTCCPlc) June 10, 2017