ސަރުކާރުން ބެޖެޓުން 4.5 މިލިއަންރުފިޔާ ޚަރަދުކޮށްގެން ސ.ފޭދޫގައި އެޅުމަށްހަމަޖެހިފައިވާ އިންޑޯކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވިމްލާކޮންސްޓްރަކްޝަނާއެވެ. އެމަސައްކަތް ފަށައިފައިވަނީ މިހަފްތާތެރޭގައެވެ. ޔޫތުމިނިސްޓަރގެ ނާއިބު އަލީ އާދިލް ވިދާޅުވީ މި ކޮމްޕްލެކްސްގައި ބެޑްމިންޓަން، ބިލިއާޑް، ޑާޓް، ޓީޓީ، ރާޒުވާ، ގާލެންޑޯ ފަދަ ކުޅިވަރުތައް ކުޅެވޭނެ ކަމަށެވެ. އޭގެއިތުރަށް ކަސްރަތުކުރުމަށް ބޭނުންވާ ޖިމެއްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެތަނުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށްވެސް އާދިލް ވިދާޅުވިއެވެ. މިއީ އައްޑޫސިޓީގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.