ނަގޫރޯޅީގައި ގެއްލުން ލިބުނު ގިނަގެތަކަށް ފައިސާ ބަހައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ނަގޫރޯޅީގައި ގެއްލުން ލިބުނު ގިނަގެތަކަށް ފައިސާ ބަހައިފި
ހުސްވި މެއިމަހުގެ 17 ވަނަދުވަހުގެރޭ އައްޑޫސިޓީ ހިތަދުއަށް ނަގޫރޯޅިއެއް އަރައި ގެއްލުންވި ގެތަކަށް އެހީވުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން ހުޅުވާލި ފަންޑަށް ލިބުނު 66،600 ރުފިޔާ ގިނަގެތަކަށް ބަހައިފިއެވެ.

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުހައްދު ޔަސްރިފް ވިދާޅުވީ ފައިސާ ހަވާލުނުކުރެވި މިހާރު ހުންނާނީ އެންމެ ދެގޭ ކަމަށެވެ. އެގެތަކަށް މިއަދު ފައިސާ ހަވާލުނުކުރެވިއްޖެ ކަމަށްވާނަމަ އާދީއްތާ ދުވަހު ހަވާލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަގޫރޯޅީގައި ހިތަދޫގެ 29 ގެއަކަށް އެކިވަރުގެ ގެއްލުންވިއެވެ. ކިތަންމެ ކުޑަނަމަވެސް ގެއްލުމެއްވެފައިވާނަމަ އެގެއަކަށް ފައިސާ ދެއްވާފައިވާނެ ކަމަށް ޔަސްރިފް ވިދާޅުވިއެވެ. އެމީހުންނަށް އެހީވުމަށް ރާއްޖެޓީވީން ހުޅުވާލި ފަންޑަށް ލިބިފައިވާ ފަންސާސްހާސް ރުފިޔާ ސިޓީކައުންސިލް މެދުވެރިކޮށް ވަރަށް އަވަހަށް ބަހާގޮތަށް ހަމަޖެހިފައިވާ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
މިއަދު އޮންލައިން