ގައުކެނޑި ބުރިޖަށް ރަސްމީކޮށް އެނަންދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގައުކެނޑި ބުރިޖަށް ރަސްމީކޮށް އެނަންދީފި
އައްޑޫސިޓީ ގައުކެނޑި ބުރިޖަށް ރަސްމީކޮށް އެނަންދީފި ކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއްވައިފިއެވެ.

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ބުރިޖަށް އެނަންދީފައިވަނީ ކައުންސިލުގައި ބޭއްވި ބައްދަލުވުން ފާސްކޮށްގެންނެވެ.

އެނަން ރަސްމީކޮށްދިނުމުގެ ކުރިންވެސް އެތަނަށް އެނަން ކިޔައެވެ. އަދި ބައެއް މީހުން ހަންކެޑެ ބްރިޖޭވެސް ކިޔައެވެ. އެހެންނަމަވެސް ރަސްމީކޮށް ނަމެއްދިނުމުން އެންމެން އެއްނަމެއް ކިޔައި މީހުންނަށް ފަސޭހަވާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
އެ ބުރިޖުގައި މިހާރުވަނީ ކުރިންހުރި ފެންސް ނަގައި އައު ފެންސެއް ހަރުކޮށްފައެވެ. އެއީ ރާއްޖެއިން ބޭރުން ފަރުމާކޮށްފައިވާ ދެ ފެންސެވެ. އެފެންސް ހަރުކުރުމަށްފަހު ދެންކުރަންޖެހޭ މަސައްކަތަކީ ދަވާދުލުމެވެ.

ޔަސްރިފް ވިދާޅުވީ އެ ބްރިޖު ފެންސްގެ އެތެރެއަށްވާ ގޮތަށް އެއްވެސް މީހަކު މަޑުކޮށްގެން ހުރުމާއި ދުއްވާ އެއްޗެއް މަޑުކޮށްގެން އޮތުންވެސް މިހާރުވަނީ މަނާކޮށްފައެވެ. އެގޮތަށް ހަމަޖެއްސެވީ އެންމެންގެ ރައްކަލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިނގާފައިދާއިރު އެއްވެސް ބޭނުމެއްގައި ފެންސުން އެތެރޭގައި މަގަށްވާގޮތަށް މަޑުކޮށްގެން ހުރުމަކީ މަނާކަމެއް. އަދި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމަކީވެސް މަނާކަމެއް ކަމަށް މިހާރުވާނީ ހަމަޖައްސާފައި. އެގޮތަށް ނިންމީ އެއީ ބާރަށް ދުއްވާތަނަކަށްވެފައި ލިބިދާނެ ގެއްލުމަކުން މީހުން ސަލާމަތް ކުރުން،" އޭނާ ވިދާޅުވިއެވެ.

އެސަރަހައްދަކީ ގިނަމީހުން މޫދަށްގޮސްއުޅޭ ސަރަހައްދަކަށްވާތީ އެސަރަހައްދަކަށް ކުނިއެޅުންވެސް މިހާރުވަނީ މަނާކޮށްފައެވެ.
މިއަދު އޮންލައިން