ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ އަވަށްތަކަށް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ އަވަށްތަކަށް ހުޅުވާލައިފި
އައްޑޫސިޓީ ރައްޔިތުން ސަރުކާރަށް ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމުގެ ފަސޭހަ ގޮތެއް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސަވައި ދެއްވައިފިއެވެ.

ސިޓީކައުންސިލުން ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ މީހުންނަށް އެކަން ފަސޭހައިންވާނެ ގޮތް ހެދުމަށްޓަކައި ކޮންމެ އަވަށަކަށް ދަފްތަރެއް ހުޅުވާފައި ކަމަށެވެ. އެގޮތުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، މީދޫ މިއިންކޮންމެ އަވަށަކަށް ނުވަތަ ރަށަކަށް ޝަކުވާގެ ދަފްތަރެއް ކައުންސިލުގައި އޮންނާނެ ކަމަށެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވުމުން ފޭސްބުކު ޕޭޖުންނާއި، އީމެއިލުންނާއި، ކައުންސިލް އިދާރާއަށް ގޮސްގެނާއި ފޯނު ކޮށްގެންވެސް ޝަކުހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކިތަންމެ ކުޑަ ޝަކުވާއެއް ކަމަށްވިޔަސް އެޝަކުވާއެއް ކައުންސިލުން ބަލައިގަންނާނެއެވެ. ކޮންމެ ޝަކުވާއެއް ރައްޔިތަކު ހުށަހެޅިޔަސް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މިއަދު އޮންލައިން