ކުށްމަދު ތަނަކަށް އައްޑޫ ހެދުމަށް ފުލުހުންނާ މަޝްވަރާ ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ކުށްމަދު ތަނަކަށް އައްޑޫ ހެދުމަށް ފުލުހުންނާ މަޝްވަރާ ކޮށްފި
އައްޑޫސިޓީގައި ކުށްމަދު އަމާން ތަނެއްކަމަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އައްޑޫސިޓީކައުންސިލާއި ފުހުންނާ މަޝްވަރާ ކުރައްވައިފިއެވެ.

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމަގައި މަޝްވަރާ ކޮށްފައިވަނީ ސިޓީގައި ހިނގާ ހުރިހާ ވައްތަރެއްގެ ކުށްމަދުކޮށް އަމާން ސިޓީއަށް ހެދުމަށް ކަމަށެވެ.

ވައްކަންކުރުމާއި، މާރާމާރީ ހިންގުމާއި، ޓްރެފިކް މައްސަލަތަކާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމަށްވެސް އިއްޔެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި އައްޑޫސިޓީ ޕޮލިހުގެ ވެރިންނާއި ސިޓީގެ ކައުންސިލްގެ މެންބަރުންނާއި ސިޓީކައުންސިލްގެ ޒިންމާދާރުވެރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމުގައިވަނީ އައު ކައުންސިލަރުން ތައާރަފްވެސް ވެފައެވެ. ފުލުހުންވެސް ވިދާޅުވީ މިއީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.
މިއަދު އޮންލައިން