އައްޑޫސިޓީ މަރަދޫގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
އައްޑޫ ސިޓީގެ މަރަދޫ ބޮޑުމަގުގައި އެކްސިޑެންޓުވި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އަތަށް ވަނީ ގެއްކުންތަކެއް ލިބިފައެވެ. ނަމަވދެސް ތަފްޞީލެއް ނުލިބެއެވެ. އަދި އޭނާވަނީ އިތުރުފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހާދިޘާގައި ކާރަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވިނަމަވެސް ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.