ރައީސް މައުމޫން މި ހަފުތާގައި އޭސީސީއަށް ޙާޟިރުވެވަޑައިގަންނަވަނީ..

ކިޔުމަށް ހޭދަވާނީ 44ސ
ރައީސް މައުމޫން މި ހަފުތާގައި އޭސީސީއަށް ޙާޟިރުވެވަޑައިގަންނަވަނީ..
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ޖަވާބުދާރީވުމަށް ރައީސް މައުމޫން މި ހަފުތާގައި އޭސީސީއަށް ޙާޟިރުވެވަޑައިގަނެވިދާނެ ކަމަށް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސި)ގެ ރައީސް ހަސަން ލުތުފީއަށް ރައީސް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ތީމުގޭގެ 2007 އާއި 2008 ގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާމައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދެއްވުމަށްއަންނަ އަންގާރަ ނުވަތަ ބުދަ ދުވަހުގެ މެންދުރު ފަހު 13:00އަށް އެކޮމިޝަނަށް ހާޟިރުވެވަޑައިގެންނެވިދާނެ ކަމަށެވެ.

މައުމޫން އެ ކޮމިޝަނަށް އަމިއްލަފުޅަށް ހާޟިރުވެވަޑައިގަންނަވާ އިރު، އަރިހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލް މައުމޫން ހަމީދުވެސްވަޑައިގަންނަވާނެ ކަމަށް އެސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މައުމޫން އަމިއްލަފުޅަށް އެކޮމިޝަނަށް ވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ތަޙުޤީޤު ޓީމަށް އެމަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށް ވުރެ އެ ގޮތް މާ ރަނގަޅު ވާނެތީއެވެ.
މިއަދު އޮންލައިން