އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް އެކެޑަމީގެ ބިންގާ މާދަމާ އަޅާނެއެވެ.
މާދަމާ ހަވީރު ހިތަދޫ އާރުއޭފް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާނީ ހޯމްމިނިސްޓަރ އަޒުލީން އަހުމަދާއި، ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭ މިޝްރާއެވެ.
އެބޭފުޅުން އައްޑުއަށް ވަޑައިގަންނަވަނީ މާދަމާ މެންދުރު ފުލައިޓުންނެވެ.
އެތަން އެޅުމަށް ސަރުކާރުންވަނީ ފުލުހުންނަށް އެއްކިލޯ މީޓަރުގެ ބިމެއްދީފައެވެ. މިއީ ރާއްޖޭގައި އަޅާ މިފަދަ އެންމެ ބޮޑުތަނެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅައިދޭ މިޔަނުގެ އަގަކީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާއެވެ.
އެތަނުން ފުލުހުންނަށް ޒަމާނީ ތައުލީމާއި ތަމްރީން ލިބިގެންދާނެއެވެ.