އައްޑޫ ޕޮލިސް އެކެޑަމީގެ ބިންގާ އެޅުން ފަސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އައްޑޫ ޕޮލިސް އެކެޑަމީގެ ބިންގާ އެޅުން ފަސްކޮށްފި
އައްޑޫސިޓީ ޕޮލިސް އެކެޑަމީގެ ބިންގާ އެޅުން ފަސްކޮށްފިއެވެ. އެތަނުގެ ބިންގާ އެޅުން ކުރިން ހަމަޖެހިފައިއޮތީ މިއަދު ހަވީރު 4:30 ގައެވެ.

އެހެންނަމަވެސް ބިންގާ އެޅުމުގެ ރަސްމިއްޔާތު މިހާރުވަނީ ފަސްކޮށްފައެވެ. ފަސްކޮށްފައިވަނީ ކޮންތާރީޚަކަށް ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރއޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އެ ރަސްމިއްޔާތު ދެން ބާއްވާނެ ތާރީޚާއި ގަޑި ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

އެރަސްމިއްޔާތު މާދަމާ އޮންނާނެ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް އެއީ އަދި ޔަގީން މައުލޫމާތެއް ނޫނެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ހަމަޖެހިފައި އޮތީ ހޯމް މިނިސްޓަރ އަޒުލީން އަޙުމަދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއި، ކޮމިޝަނަރއޮފް ޕޮލިސް އަޙުމަދު އަރީފެވެ.

އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އާރުއޭފް ސަރަހައްދުގައެވެ. އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 18 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރާތަނެކެވެ.
މިއަދު އޮންލައިން