ބައިނަލްއަޤްވާމީ އިސްލާމީ ޖަލްސާއެއްގައި ތަޤްރީރު ކުރެއްވުމަށް ރައީސް މައުމޫނަށް ޝައިޚުލްއަޒްހަރު ދަޢުވަތު ދެއްވައިފި

ކިޔުމަށް ހޭދަވާނީ 46ސ
ބައިނަލްއަޤްވާމީ އިސްލާމީ ޖަލްސާއެއްގައި ތަޤްރީރު ކުރެއްވުމަށް ރައީސް މައުމޫނަށް ޝައިޚުލްއަޒްހަރު ދަޢުވަތު ދެއްވައިފި
ބައިނަލްއަޤްވާމީ އިސްލާމީ ޖަލްސާއެއްގައި ތަޤްރީރު ކުރެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށްޝައިޚުލްއަޒްހަރު ދަޢުވަތު ދެއްވައިފިއެވެ.

މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ގްރޭޖުއޭޓުންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބާއްވަވާ އިސްލާމީ ޖަލްސާއެއްގައި ތަޤްރީރު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫނަށް ދައުވަތުދެއްވީ ޝައިޚުލްއަޒްހަރު ފަޟީލަތުއްޝައިޚް ޑރ. އަޙްމަދުއްޠައްޔިބްއެވެ.

މި ޖަލްސާ އޮންނާނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހުއެވެ.

ރައީސް މައުމޫން ތަޤްރީރް ކުރެއްވުމަށް ހަމަޖައްސާފައިވާ މަޢުޟޫއަކީ މި ޖަލްސާގައި ބަހުޘް ކުރާ މައުޟޫޢު ކަމަށްވާ "ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުޞޫލުތައް" މިއެވެ.
މިއަދު އޮންލައިން