ޢިލްމުވެރިން މެރުމުން ގެއްލެމުން ދަނީ ޢިލްމީ މުއްސަނދިކަން: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޢިލްމުވެރިން މެރުމުން ގެއްލެމުން ދަނީ ޢިލްމީ މުއްސަނދިކަން: ރައީސް މައުމޫން
އިލްމްވެރިން މެރުމުން ގެއްލެމުން ދަނީ ޤައުމަށް ލިބިފައިވާ ޢިލްމީ މުއްސަނދިކަން ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން މިމޭރުމުން ވިދާޅުވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ޤައުމަށް ލިބުނު ބޮޑު ގެއްލުން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ޤަޞްދުގައި މީހަކު މަރައިފިނަމަ އެމީހަކަށް އޮތީ ނަރަކަކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބައޮތް ކަމަށާއި އެމީހަކަށް މާތް ﷲ ގެ ލައުނަތް ހުންނާނީ ލިބިލިބި ކަމަށެވެ.

ރާއްޖޭގައި މީހުން މެރުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މީހުން މެރުން އިތުރުވަމުން އަންނަނީ ސަރުކާރުން "ވިޔާނުދާ ބައަކަށް ފައިސާ ދީގެން ކުށްކުރަން ހިތްވަރުދޭތީ" ކަމަށެވެ.

ފާރިޝް މައުމޫން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައ ިވީނަމަވެސް ޖަލުގައި އެހުންނެވީ އެމަނިކުފާނު ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޞިއްޙީ ފަރުވާ ފުރިހަމަ ނުކުރައްވައި އަދި ފްލައިޓުން އެމަނިކުފާނު ގެނެސްދޭން ދެކޮޅު ހަދަމުން ގެންދާއިރުވެސް އެނބުރި ރާއްޖެވަޑައިގަތުމަށް ސަރުކާރުން އަންގަމުން ގެންދާ މައްސަލައިގައި ރައީސް މައުމޫން ވިދާޅުވީ އެއީ ޖޯކެއް ކަމަށާއި ސަރުކާރުން އެ އަންގަނީ 1500 މޭލު ފައްތަވާފައި ރާއްޖެވަޑައިގަތުމަށް ކަމަށެވެ.
މިއަދު އޮންލައިން