އިންތިޤާލީ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން އަދި މާއަވަސް: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިންތިޤާލީ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން އަދި މާއަވަސް: ރައީސް މައުމޫން
އިންތިޤާލީ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން އަދި މާއަވަސް ކަމަށާއި އެކަމަށް އަދި މަޝްވަރާކޮށްފައި ނުވާކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ އިސް މެންބަރުންގެ މެދުގައި މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި މިހާރު ހުރި ވަރަށް ގިނަ މައްސަލަތަކަށް ވަރަށް ފުޅައު ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެކަންކަމުގެ ތަފްޞީލުތައް ކަމާއިބެހޭ ބޭފުޅުން ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވާނެ ކަމަށެވެ.

މިހާރު ހުރި މައްސަލަތަކަށް މިރޭގެ ބައްދަލުވުމުގައި ވަރަށް ތަފްޞީލުކޮށް މެންބަރުން މަޝްވަރާކުރި ކަމަށާއި ކޮންމެ ދެ ހަފްތާއަކުން މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް އަދި ވަރަށް ބާރަށް ކުރިއަށް ގެންދެވޭ ކަމަށާއި އިދިކޮޅު ފަރާތްތައް ގުޅިގެން އެކުގައި މަސައްކަތްތައްކޮށް އެ މަސައްކަތްތައްކޮށް ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ. އިތުރު ތަފްޞީލެއް ނުދެއްވައެވެ.
މިއަދު އޮންލައިން