މިކުރަނީ އިޞްލާޙީ މަސައްކަތް- ފަހަތަކަށް ނުޖެހޭނަން: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިކުރަނީ އިޞްލާޙީ މަސައްކަތް- ފަހަތަކަށް ނުޖެހޭނަން: ރައީސް މައުމޫން
ކުރައްވަމުން ގެންދަވަނީ އިޞްލާޙީ މަސައްކަތްޕުޅުތައް ކަމަށާއި އެ މަސައްކަތްޕުޅުތަކުގައި އެމަނިކުފާނާއި އަދި ގުޅިފައިވާ ޕާޓީތަކުން ދާނީ ފަސް ނުޖެހި ކުރިއަށް ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގައި ތިބީ މުޞްލިޙުން ކަމަށާއި މުޞްލިޙުންނަކީ ކަންކަން އިސްލާޙްކުރަން މަސައްކަތްކުރާ ބައެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ދުވަހަކުވެސް ސަރުކާރުގެ ދޯހަޅިކަން ދަނީ އިތުރަށް ސާބިތުވަމުން ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރު ދަނީ ދުވަހެއް ދުވަހަކަށް ސައިޒުވަމުން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއް ކަމަށާއި އެހެންކަމުން މިސަރުކާރުން ޤާނޫނާއި ޚިލާފަށް ކުރާ ކަންކަން ވެގެންދާނީ ބާޠިލު ކަންކަމަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤާނޫނު އަސާސީގެ ތެރެއިން ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށެވެ.

ރައީސް މައުމޫނު މިރޭވެސް ވިދާޅުވީ ކޮންމެ ކަމެއްވެސް ނިންމަން ޖެހޭނީ ޤާނޫނު އަސާސީގެ ތެރެއިން ކަމަށާއި އެގޮތުން މަޖިލީހުން ވަކިކުރިކަމަށް ބުނާ 10 މެންބަރުން ވަކިވެފައިވާނަމަ އެކަން ހާމަކުރަންޖެހޭނީ ސްޕްރީމް ކޯޓުން ކަމަށެވެ.
މިއަދު އޮންލައިން