އިތުރު ސިޔާސީ ޕާޓީއެއް ދެން ނުއުފައްދަވާނެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ރޭ ވިދާޅުވީ އެމަނިކުފާނު ވާނީ ސިޔާސީ ދެ ޕާޓީއެއް އުފައްދަވާފައި ކަމަށެވެ. އެހެންކަމުން އިތުރު ސިޔާސީ ޕާޓީއެއް އުފައްދަވަން ދެން ޤަޞްދު ނުކުރައްވަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ އެމަނިކުފާނު ދެވަނައަށް އުފެއްދެވި ޕީޕީއެމް ރަނގަޅު ގޮތުގައި ހިނގުމަކީ އެމަނިކުފާނުގެ އުންމީދު ކަމަށެވެ. އަދި ޕާޓީގެ ރައީސަކަށް ކޮންމެހެން އެމަނިކުފާނު ހުންނަވަން ޖެހިވަޑައި ނުގަންނަވާ ކަމަށާއި ކޮންމެ މީހަކު ޕާޓީގެ ރައީސް ކަމުގައި ހުރި ނަމަވެސް ޕާޓީ ރަނގަޅު ގޮތުގައި ހިނގާނަމަ އެކަމަށް އެމަނިކުފާނު އުފާފުޅު ކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ކައުންސިލާއި ރައީސްވެސް އިންތިޚާބުކޮށްފައިވަނީ 5 އަހަރަށް ކަމަށާއި އެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީ މިހާރުވަނީ ޤާނޫނީީ ހުސްކަމެއްގެތެރޭގައި ކަމަށެވެ. ނަަމަވެސް އެ މައްސަލަ ހައްލުކުރައްވަން އެމަނިކުފާނަށް ކުރެއްވެވޭނެ ކަމެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް އެކަން ބަޔާން ކުރައްވައި އެމަނިކުފާނު ވާނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްބާފައި ކަަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން މިހާރުވެސް ތިބީ އެމަނިކުފާނާއިއެކުގައި ކަމަށާއި އެމަނިކުފާނަށް އިތުރަށް ކުރެއްވޭނެ އެއްވެސް ކަމެއް އޮތްތޯ އެ މެންބަރުންނާއި މަޝްވަރާކުރައްވަވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.