އެންދެރިމާގެއަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރާ ޚިލާފަށް: މައުމޫން

ކިޔުމަށް ހޭދަވާނީ 1މ 8ސ
އެންދެރިމާގެއަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރާ ޚިލާފަށް: މައުމޫން
ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުކަމަށްވާ އެންދެރިމާގެއަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރާ ޚިލާފަށްކަމަށް މައުމޫން ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި މައުމޫން ވިދާޅުވީ ކޯޓު އަމުރުގައި އޮތީ އަހުމަދު ފާރިސް މައުމޫންއާ ގުޅުންހުރި ތަންތަން ބަލައިފާސްކުރަންކަމަށާއި އެންދެރިމާގޭގައި ފާރިސްގެ ކޮޓަރިއެއް އަދި ފާރިސްގެ އޮފީހެއް ވެސް ނުހުންނާނެކަމަށެވެ.




އެންދެރިމާގެއަށް ވަދެ ފުލުހުން ބަލައިފާސްކުރަން ފަށާފައިވަނީ އެ ގޭގެ އެއްވެސް ވެރިފަރާތަކު ގޭގައި ނެތް ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބަހައި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ޤާނޫނާ ޚިލާފު ކަންތައްތަކެއް ރާވާފައިވާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، މައުމޫންގެ ދަރިފުޅު ފާރިސް ވަނީ މީގެ ކުޑައިރުކޮޅެއްކުރިން ހައްޔަރުކޮށްފައެވެ.

މިއަދު އޮންލައިން