ސްޕްރީމް ކޯޓު އަމުރު ތަންފީޒުކުރަން ގޮވާލި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް މައުމޫން ޝުކުރު އަދާކުރުއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ސްޕްރީމް ކޯޓު އަމުރު ތަންފީޒުކުރަން ގޮވާލި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް މައުމޫން ޝުކުރު އަދާކުރުއްވައިފި
ސިޔާސީ ހުކުމެއް ތަންފީޒުކުރައްވަމުންދާކަމަށް ބުނެ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށާއި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލި ބައިނަލްއަޤްވާމީ ފަރާތްތަކަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ)، ޔޫރަޕިއަން ޔުނިއަން (އީޔޫ)، އަމްނެސްޓީ އިންޓަނޭޝަނަލް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިއަސް، އޮސްޓްރޭލިއާ ސަފީރު ބްރައިސް ހަޗަސަން، އަދި ކެނެޑާ ސަފީރު ޑޭވިޑް މެކިނަންއަށް ޝުކުރު އަދާކުރައްވައިފައެވެ.



މި ޓްވީޓްގައި މައުމޫން ވިދާޅުވެފައިވަނީ ޑިމޮކްރަސީގެ ނިޒާމާއި ޤައުމެއްގެ ޤާނޫނު އާސާސީގެ ނަގަހައްޓަން ކޯޓު އަމުރު ތަންފީޒުކޮށް ހުރިހާ ސިޔާސީ ލީޑަރުންނާއި ހައްޔަރީން ދޫކޮށްލުމަށް މި ފަރާތްތަކުން ގޮވާލާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި މިނިވަންކުރަން އަންގާފައިވާ ފަރާތްތައް އަދި މިނިވަންކޮށްފައިނުވާތީ އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ހުށަހެޅުންތައް ރިއާޔަތްކުރުމަށްފަހު، 'ޑިއު ޕްރޮސެސް' ގައި ތަންފީޒުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
މިއަދު އޮންލައިން