ރައީސް މައުމޫންގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓް ޓެގް ކުރުމަށްފަހު، ފުލުހުން ކުރި ޓްވީޓުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ރައީސް މައުމޫން އާއި ސުވާލު ކުރުމަށް ގެކޮޅަށް ދިޔުމުން، މިވަގުތު ބައްދަލު ކުރެވެން ނެތްކަމަށާއި އެހެން ނަމަވެސް ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވެ ފުލުހުންގެ މައުލޫމާތު ނަންގަވާފައިވާ ކަމަށެވެ.
ރައީސް މައުމޫން އާއި ސުވާލު ކުރަން ފުލުހުން ބޭނުންވަނީ ކޮންކަމެއްގައިކަން އަދި ސާފުވާ ނުވާ ކަމަށް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް ވިދާޅުވިއެވެ. އަދި އެމައުލޫމާތު ސާފު ވުމުން ފުލުހުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން އާއި ފުލުހުން މަސައްކަތް ކުރައްވާފައި މިވަނީ މާލޭ ސިޓީ ކައުންސިލަރު ޒައިދުލް އަމީން، ޗެނަލް 13 ގައި މިދިޔަ ހަފުތާގައި ދެއްކެވި ވާހަކަތަކެއް ބަލާ ތަހުގީގު ކުރުމަށް ޕީޕީއެމް އިން ގޮވާލައްވާ ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް، ރައީސް މައުމޫން ރިޝްވަތު ދެއްވިކަމަށް ޒައިދުލް އަމީން ވަނީ ވިދާޅުވެފައެވެ.