ރައީސް މައުމޫން ދޫނިދޫއިން އެހެން ތަނަކަށް ބަދަލު ކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރައީސް މައުމޫން ދޫނިދޫއިން އެހެން ތަނަކަށް ބަދަލު ކުރަނީ
މިހާރު ދޫނީދޫގައި ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އެހެން ތަނަކަށް ބަދަލު ކުރަންއުޅޭކަމަށް ވަކީލުންނަށް އަންގާފައިވާ ކަމަށް ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދޫނިދޫއިން އެހެން ތަނަކަށް ރައީސް މައުމޫން ބަދަލު ކުރަން އުޅޭ ކަން ފުލުހުން އަންގާފައިވާ ކަމަށާއި އެކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އެމަނިކުފާނު ގެންދަނީ ދޫނިދޫއިން ބޭރުގައި ހުރި ތަނަކަށް ކަމާއި އެއީ ކޮންތަނެއްކަން އަދި ބުނެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިވަގުތަށް މައުމޫން ބަދަލު ކުރުމުގެ ކަންކަން މަޑުޖެހިފައިވާކަން ފުލުހުން ބުނި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނާ މެދު ތަފާތު ތިން ސީރިއަސް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުދިނުމުގެ ތުހުމަތާއި އަދި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ ރޭވުންތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.



މިއަދު އޮންލައިން