ރައީސްގެ މަންދޫބަށް ކުރީގެ ރައީސް މައުމޫނުގެ ރައްދު- "ތިއައީ ހާލުބަލާކަށް ނޫން، ގޮތް ދައްކަން"

ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސްގެ މަންދޫބަށް ކުރީގެ ރައީސް މައުމޫނުގެ ރައްދު- "ތިއައީ ހާލުބަލާކަށް ނޫން، ގޮތް ދައްކަން"
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެ މަންދޫބެއްގެ ގޮތުން، ހައުސުން މިނސްޓަރ ޑރ. މުޙައްމަދު މުއިއްޒު، ރޭ މާފުށި ޖަަލަށް ވަޑައިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އާއި ބައްދަލު ކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫންގެ އެއް ވަކީލު ޙުސެއިން ޝަމީމް ވިދާޅުވި ގޮތުގައި، ރައީސް ގެ މަންދޫބު ޑރ. މުއިއްޒުއަށް ރައީސް މައުމޫން ދެންނެވީ، ޖަލަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ހާލުކޮޅު ބައްލަވަން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ގޮތްދެއްކެވުމުގެ ގޮތުން ކުރި ޢަމަލެއް ކަމަށެވެ.

ވަކީލު ޝަމީމް ވިދާޅުވި ގޮތުގައި، މުއިއްޒުއާއި އެކު ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު ވަނީ ވަކީލުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ރައީސް މައުމޫން ވިދާޅުވީ، "މުއިއްޒު އަށް ކުރު ދޮށިން ދެއްވާފައިވާ" ކަމަށެވެ.

މީގެއިތުރުން ޝަމީމް ވިދާޅުވީ، ހައުސިން މިނިސްޓަރ ޖަލަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ ހާލުކޮޅު ބައްލަވަން ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ ރައީސް މައުމޫން ހައްޔަރުކުރީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ވެސް އެމަނިކުފާނު ހައްޔަރުކުރަން ކަމަށް ވެސް ޑރ. މުއިއްޒު އަރިހު ރައީސް މައުމޫން ދެންނެވިކަމަށް ވަކީލު ޝަމީމު ވިދާޅުވިއެވެ.


މިއަދު އޮންލައިން