އުއްތަމަ ފަނޑިޔާރާ ރައީސް މައުމޫނާ ޢަލީ ހަމީދުގެ މައްޗަށް ހެކި ނައްތާލިކަމުގެ ތުހުމަތުގެ ދައުވާކުރަން ފޮނުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުއްތަމަ ފަނޑިޔާރާ ރައީސް މައުމޫނާ ޢަލީ ހަމީދުގެ މައްޗަށް ހެކި ނައްތާލިކަމުގެ ތުހުމަތުގެ ދައުވާކުރަން ފޮނުވައިފި
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ތަހްޤީޤަށް ފުލުހުން ބޭނުންވާ ހެކި ނައްތާލިކަމުގެ ތުހުމަތުގެ ތަޙްޤީޤް ނިންމައި މައްސަލައިގައި ދައުވާކުރަން ޕީޖީ އަށް މިއަދު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހައިތަނަށް ބުނަމުން އައީ މި 3 ބޭފުޅުން ރާއްޖޭގެ ޤާނުނީ ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ސާބިތު ހެކި ލިބިފައިވާ ކަމަށެވެެ. ނަމަވެސް ދައުވާ ކުރަން މިއަދު ފޮނުއްވާފައިވަނީ ތަފާތު މައްސަލައެކެވެ.





ރައީސް މައުމޫނުގެ ވަކީލުން އިއްޔެ ވެސް ވިދާޅުވީ ރައީސް މައުމޫނު ބަންދުކޮށްފައިވާތާ 23 ދުވަސް ވެފައިވާއިރުވެސް އެއްވެސް މައްސަލައަކާއި ގުޅިގެން އެއްވެސް ސުވާލެއް އެމަނިކުފާނާއި ކޮށްފައި ނުވާ ކަމަށެވެ. އެއްވެސް މައްސަލައެއްގެ ހެކި ހުރި ނަމަ އަވަހަށް ޕިޖީއަށް ފޮނުވައި ޝަރީއަތް ހިންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި ތުހުމަތުތަކެއްގައި ބަންދުކޮށްފައިވާ ޙަސަން ސަޢީދުގެ މައްޗަށް ފިލައިގެން އުޅުމުގެ ކުށުގެ ދަޢުވާ ކުރަން ފޮނުވި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



މިއަދު އޮންލައިން