ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް، ހައްޔަރުކުރިތާ 33 ދުވަސްވީއިރު އެއްވެސް ސުވާލެއް ނުކޮށް ބެހެއްޓެވީ، އެމަނިކުފާނަށްނަފްސާނީ ގެއްލުން ދޭން ކަމަށް ރައީސް މައުމޫންގެ ވަކީލުން މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ހައްޔަރުކުރި ފަހުން ދައުވާ ކުރާ ތުހުމަތުތަކުގެ ތަހުގީގަށް ފުރަތަމަ ފަހަރަށް ސުވާލު ކުރީ އިއްޔެއެވެ. ނަމަވެސް ހައްޔަރު ކުރީ ޣައިރު ޤާނޫނީ އުސޫލަކުން ކަމަށް ވިދާޅުވެ ރައީސް މައުމޫން ތަހުގީގަށް އެއްބާރުލުން ނުދެއްވައެވެ.
މިރޭ އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ފައިސަލް ވިދާޅުވީ،އެހާ ގިނަ ދުވަސް ކޮށްފައި އެމަނިކުފާނާއި ފުލުހުން ސުވާލުކުރީ، ރައީސް މައުމޫންގެ ހިތްވަރާއި އަޒުމަށް ބަދަލެއް އަތުވެދާނެ ކަމަށް ފުުލުހުންނަށް ހީވާތީ ކަމަށް މައުމޫނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ނުހާނެ ކަމަށް ފައިސަލު ވިދާޅުވެފައިވެއެވެ.