ވަކީލު ފައިސަލު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީފުލުހުން ރައީސް މައުމޫން ގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ސުވާލު ކޮށްފައިވާ ހަތަރުވަނަ ފަހަރު ކަމަށާއި ނަމަވެސް ރައީސް މައުމޫން ހުންނެވީ ސާބިތުކަމާއިއެކު ކަމަށެވެ. ރައީސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކޮށްފައިވާއިރު، އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ޣައިރު ޤާނޫނީ ތަހުގީގަކަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާނެ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހަމަ އެރޭގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ކޮށްފައިވާއިރު، އެމަނިކުފާނާއި މެދު ޢަމަލު ކުރަމުން އަންނަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ.