ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ އުފުލައިފި

ކިޔުމަށް ހޭދަވާނީ 51ސ
ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ އުފުލައިފި
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެތިން ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ހެކި ފޮރުވިކަމުގެ ތުހުމަތެވެ.

ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިގަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު މިތިން ބޭފުޅުން ހައްޔަރުކޮށްފައިވާއިރު، ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ވަނީ ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތު ކޮށްފައެވެ.

މީގެއިތުރުން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ފުލުހުންނާއި ސިފައިންގެ މެދުގައި ބައިބައިވުން އުފެއްދުމުގެ ތުހުމަތު ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވެއެވެ.
މިއަދު އޮންލައިން