ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރީގެ ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރީގެ ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ފުލުހުން ހައްޔަރުކުރި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރެއްވިއިރު، އެސަރަޙައްދުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއި ދެ ދަރިކަނބަލުން ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން ވެސް ހުންނެވިއެވެ.

ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ރައީސް މައުމޫން މިއަދު ކޯޓަށް ހާޒިރު މިކުރެވުނީ، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު މައުމޫން ހަމީދު އެނބުރި ރާއްޖެއަންނަންދެން، އެމަނިކުފާނުގެ ޝަރީއަތް ފަސްކޮށްދެއްވުމަށް ކޯޓުގައި އެދިފައިވަނިކޮށެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުންވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތާއި، ހެކި ފޮރުވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ.
މިއަދު އޮންލައިން