ރައީސް މައުމޫން އާއި އިތުރު ހަތް ބޭފުޅަކަށް ޓެރަރިޒަމްގެ ދައުވާ!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް މައުމޫން އާއި އިތުރު ހަތް ބޭފުޅަކަށް ޓެރަރިޒަމްގެ ދައުވާ!
ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް އާއި، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުންގެ އިތުރަށް ކުރީގެ ސީޕީ އަރީފާއި 4 މެންބަރެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީޢަތުގެެ މަޖިލީހުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް އާއި، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު، އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށެވެ.

މީގެ އިތުރަށް މަޖިލީހުގެ މެންބަރުން ކަމަށްވާ، އަބުދުﷲ ރިޔާޒާއި، ފާރިސް މައުމޫން އާއި، މެންބަރުން ސިނާން އާއި އިލްހާމްގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ބޭފުޅުންގެ އިތުރަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ އަރީފުގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

މީގެ އިތުރަށް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހިންގާ ޝަރީއަތްތައް ނިމެންދެން ބަންދުގައި ބަހައްޓަންވެްސ ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

ކޯޓުން މިގޮތަށް ނިންމާފައިވަނީ ކުއްލި ނުރައްކަލުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާތީ، ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމަށް މިއަދު 3:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު އެވެ.

ޚަބަރު: ވީނިޔުސް
މިއަދު އޮންލައިން