ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އެމަނިކުފާނު މާލެ ގެނައިއިރު ޖުމްހޫރީ މައިދާން ސަރަހައްދު ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ.
އެސަރަހައްދުގައި ތިބި ނޫސްވެރިންނާއި ފޮޓޮގްރާފަރުން ވަނީ ދުރައް ޖައްސައިފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓް ކައިރިން ބޮޑު ސަރަހައްދެއްވެސް ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ބަންދުކުރި ގިނަ ބައަކު މިއަދު ގެންނަން ހަމަޖަހިފައި އޮތީ މެންދުރު 12:00 އަށް ނަމަވެސް މިހާރު ވަނީ ގަޑިއަށް ބަދަލު ގެނެސްފައެވެ.
ސަރުކާރުން ގިނަ އަދަދެއްގެ މީހުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށްފައިވާތީ އެކަމަށް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އަދި ބައެއް މީހުން ގެންދަނީ ހަޖޫ ވެސް ޖަހަމުންނެވެ.
ބްރިގޭޑިއަރ އިބްރާހީމް ދީދީ މިއަދު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވާތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު އެއީ ރާއްޖޭގައި ދެވޭ ޝަރަފެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
Now I realized “been accused of terrorism” is an honor and a previllage in Maldives ! I am sincerely proud to be among the “so called Maldives terrorism accusers”.... @MohamedNasheed @maumoonagayoom
— Ibrahim M Didi (@ibrahimmdidi) March 20, 2018