ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދެއްވި ތަރައްޤީގެ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފި

ކިޔުމަށް ހޭދަވާނީ 57ސ
ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދެއްވި ތަރައްޤީގެ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ރާއްޖޭގެ ރަށްރަށަށް ގެނެސްދެއްވި ތަރައްޤީގެ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ރަށްވެހި ތަރައްޤީ' ގެ ނަމުގައި އެ ފޮތް ނެރެދެއްވީ ރައީސް ޢަބްދުﷲ ޔާމީނެވެ.

ރައީސް އޮފީހުން ބުނީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ހިންގާފައިވާ ބިޔަ ބޮޑެތި ތަރައްޤީގެ މަޝްރޫއުތަކާއި އެ ހަތަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކެފައިވާ ބަދަލުތަކުގެ ވަރަށް ތަފުސީލީ މައުލޫމާތުތައް އެ ފޮތުގައި ވާނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދެއްވި ތަރައްޤީތަކުގެ މައުލޫމާތުގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ސަރުކާރުން ގެނެސްފައިވާ ތަރައްޤީތަކުގެ މައުލޫމާތުތައް ވެސް އެ ފޮތުގައި ހިމަނާފައިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ފޮތަށް މައުލޫމާތު ފޯރުކޮަށްދީފައިވަނީ ދައުލަތުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، ކަމާބެހޭ އިދާރާތަކުންނާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށްރަށުގެ ކައުންސިލްތަކުން ކަމަށެވެ.
މިއަދު އޮންލައިން