މަތިވެރި ޓުއަރިޒަމް ޒޯން 1 ގެ ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަތިވެރި ޓުއަރިޒަމް ޒޯން 1 ގެ ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

އއ. މަތިވެރީގައި ކަނޑައަޅާފައިވާ ޓުއަރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިން ފަތުރުވެރިކަމަށް ތަރައްޤީކުރުމަށްޓަކައި، އެ ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މަތިވެރި ކައުންސިލުން ހުޅުވާލައިފިއެވެ.

މަތިވެރީގެ ހުޅަނގު ދެކުނު ސަރަޙައްދުގައި އޮންނަ ޓުއަރިޒަމް ޒޯން 1 ގެ ގޮތުގައި ފާހަގަކޮށްފައިވާ މި ބިމުގެ ބޮޑުމިނަކީ 47,000 އަކަފޫޓެވެ. މި ބިން ފަތުރުވެރިކަމުގެ ވިޔަފާރިއަކަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

މަތިވެރި ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބީލަމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލު" އަށް ރިޢާޔަތްކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބީލަމަށް ރަޖިސްޓްރީ ކުރަންޖެހެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30,000 ރުފިޔާއެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މަތިވެރި ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ބަލައިގަތުމާއި ބީލަން ކެނޑުން އޮންނާނީ 21 ޖަނަވަރީ 2027 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މަތިވެރި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

މިއަދު އޮންލައިން