މީރުވެގެން ޗޮކްލެޓްކާއިރު ސިނާއަތުގައި 2.1 މިލިއަން ކުޑަކުދިން ލައްވާ ގަދަކަމުން މަސައްކަތްކުރުވާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މީރުވެގެން ޗޮކްލެޓްކާއިރު ސިނާއަތުގައި 2.1 މިލިއަން ކުޑަކުދިން ލައްވާ ގަދަކަމުން މަސައްކަތްކުރުވާކަން އެނގޭތަ؟

މީރުވެގެން ޗޮކްލެޓްކާއިރު ސިނާއަތުގައި 2.1 މިލިއަން ކުޑަކުދިން ލައްވާ ގަދަކަމުން މަސައްކަތްކުރުވާކަން އެނގކަމާއިމެދު ސުވާލު އުފެދެއެވެ.

ޗޮކްލެޓްގެ އަގުތައް އަންނަނީ ބާޒާރުގައި އުފުލެމުންނެވެ. ޗޮކްލެޓް އުފައްދާ ކުންފުނިތަކަށް ލިބޭ ފައިދާ އަންނަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ. ނަމަވެސް ޗޮކްލެޓް އުފައްދަން ބޭނުންކުރާ ކޮކޯ އުފައްދާ ދަނޑުވެރިންނަށް ލިބޭ އަގު ހުރީ 2007 ވަނަ އަަހރުން ފެށިގެން ހިފެހެއްޓިފައެވެ.

ކޮކޯ އުފެއްދުމުގެ ދަނޑުވެރިކަމަށްބަލާއިރު ގިނަ އަދަދެއްގެ އަންހެނުން ބުރަ މަސައްކަތްކުރެއެވެ. ނަމަވެސް ލިބެނީ ކިރިޔާ ބަނޑުފުރާނަ މުއްތިކޮށްލެވޭވަރުގެ ކުޑަކުޑަ މުސާރައެކެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ކޮކޯގެ 60 އިންސައްތަ އުފައްދަނީ ޣަނާގައާއި އައިވަރީ ކޯސްޓްގައެވެ. ދެ ޤައުމުގެ ފަޤީރުކަމާއިހުރެ ދިން މުސާރައެއްގައި މަސައްކަތްކުރުން ނޫން ގޮތެއް ނެތެވެ.

މިމައްސަލަތަކަށް މަޝްވަރާކުރުމަށް ބަރލިންގައި ބައިނަލްއަޤްވާމީ ކޮންފަރެންސެއް އެބަ ކުރިއަށް ގެންދެއެވެ. މިކޮންފަރެންސްގައި މި މައްސަލަތަކަށް މަޝްވަރާކޮށް ޙައްލެއް ހޯދަން މަސައްކަތްކުރާނެ ކަމަށް އިންޓަރނޭޝަނަލް ކޮކޯ އޮގަނައިޒޭޝަނުން ބުނެއެވެ.
މިއަދު އޮންލައިން