ކިނޮޅަހުގެ ގެއެއް ބަލާ ފާސްކޮށް ސިހުރު ހެދުމަށް ބޭނުން ކުރާ އެއްޗެހިތަކެއް ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 43ސ
ކިނޮޅަހުގެ ގެއެއް ބަލާ ފާސްކޮށް ސިހުރު ހެދުމަށް ބޭނުން ކުރާ އެއްޗެހިތަކެއް ފެނިއްޖެ
ރ. ކިނޮޅަހުގެ ގެއެއް ބަލާފާސްކުރުމުން، ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހިތަކެއް ފެނިއްޖެއެވެ. މިތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިތަކެތި ފެނިފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިހިނގާ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކިނޮޅަހު ގެއެއް ފުލުހުން ބަލައި ފާސް ކުރުމުންނެވެ.

އެގެ ބަލައިފާސް ކުރިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގާ އަދި އެއްވެސް ފަރާތެއް ހައްޔަރު ކޮށްފައި ނުވި ކަމުގައި ވިޔަސް، އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
މިއަދު އޮންލައިން