ފަނޑިޔާރުންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނައި އިސްލާހު ބާތިލު ނުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާ ޙުކުމް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ވަގުތުން ފެށިގެން އެފަނޑިޔާރެއްގެ މަގާމު ގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެފަދަ މައްސަލައެއްގައި ޖޭއެސްސީ އިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފިނަމަ، އެފަދަ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭނެ ގޮތަށް ވެސް ފަނޑިޔާރުންގެ ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ.
ފަނދިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަށް މަޖިލީހުގައި ވޯޓަށް އެހީ 43 މެންބަރުންގެ ވޯޓުން ކަމަށް ބުނެ، އެއިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމުން، އެކޯޓުން މިއަދި ކުރި ހުކުމުގައި ބުނެފައިވަނީ އެޤާނޫނު ފާސްކޮށްފައިވަނީ ލޮރޫރީ ހާލަތެއްގައި ކަމަށް ފެންނާތީ އެއިސްލާހު ބާތިލު ކުރާނެ ޖާގައެއް ނެތް ކަމަށެވެ.
ފަނޑިޔާރުންގެ އިސްލާހު ބާތިލު ކުުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ އިދިކޮޅު ތިން މެންބަރެއް ކަމުގައިވާ އިބްރާހިމް މުޙައްމަދު ސޯލިހު އާއި, އަލީ ޙުސެއިން އާއި އަނާރާ ނައީމު އެެވެ.
އެތިން ބޭފުޅުން ހުށަހެޅުއްވި މައްސަލައިގާ ވެސް ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިމައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި, ހުކުމް އިއްވާ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އެވެ.