ރާއްޖޭގެ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ޖުޑީޗަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ދެ ބޭފުޅުން އަދި ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ ބޭފުޅުން އައްޔަނު ކުރުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
ޖޭއެސްސީ އިން މިފަދައިން ނިންމާފައިވަނީ، މިއަދު ބޭއްވުނު ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.
އެގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނު ކުރުމަސް ނިންމާފައިވަނީ ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްފެ މަގާމުގައި ހުންނެވި ގއ. ވިލިނގިލި ފަރެޝް، ޙަސަން ނަޖީބު އާއި ވ. ފެލިދޫ ވިނަރެއް އިސްމާއިލް ރަޝީދު އެވެ. އަދި ސިވިލް ކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަނު ކުރުމަށް ނިންމާފައިވަނީ ގދ. ފަރެސްމާތޮޑާ މުޝްތަރީގެ ހާފިޘާ އަބްދުއްސައްތާރު އާއި ގދ. ތިނަދޫ ޒެނިތު ޙުސެއިން ފާއިޒް އެވެ.