ޕެޕަސްޕްރޭ ޖަހާ އަނެއްކާވެސް މީހެއްގެ އަތުން މިލިއަނެއްހައި ރުފިޔާ ފޭރިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޕެޕަސްޕްރޭ ޖަހާ  އަނެއްކާވެސް މީހެއްގެ އަތުން މިލިއަނެއްހައި ރުފިޔާ ފޭރިގެންފި
ހަތަރު މީހުންގެ ގުރޫޕަކުން އަނެއްކާވެސް މީހެއްގެ ގައަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އޭނާގެ އަތުން މިލިއަނެއްހައި ރުފިޔާ ފޭރިގެންފިއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުއެވެ.

މިފަހަރު ފައިސާތައް ފޭރިގެންފައިވަނީ ވެސްޓަން ޔުނިއަންގެ ގޮތްޕެއް ހިންގަމުން އަންނަ މީހެއްގެ އަތުންނެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ އަތުން ފައިސާތައް ފޭރިގެންފައިވަނީ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮ ގޯޅިން އޯކިޑް މަގަށް ނުކުންނަނިކޮށް (ކުއްޅަވައްގޭ ކަންމަތިން) ހެނދުނު 7:30 ހާއިރު ކަމަށެވެ.

އެމީހާ ބުނިގޮތުގައި ދެ މީހަކު ސައިކަލްގައި ކުރިމައްޗަށް އަރައި ފައިސާތަކުގައި ހިފިތަނާ އިތުރު ދެ މީހަކު ގޮސް އެތަނުން އެކަކު އޭނާގެ މޫނަށް ޕެޕަރސްޕެރޭ ޖެހީކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީހެއްގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި މިލިއަނެއްހައި ރުފިޔާ ފޭރިގެންފައެވެ. އެހާދިސާގައި ވަނީ އޭނާގެ ބޮލަށްވެސް ހަމަލާދީފައެވެ. އޭނާއަށް ހަމަލާދީ ފައިސާތައް ފޭރިގެންފައިވަނީ ދިރިއުޅޭ ގެއަށް ވަންނަން އުޅެނިކޮށެވެ.

އެހެންކަމުން މިއަދުގެ ހާދިސާއަކީ މާރިޗް 16 ގައި ބޭއްވި ބޮޑު އެއްވުމަށްފަހު ޕެޕަރސްޕްރޭ ބޭނުންކޮށްގެން ހިންގި ފޭރުމުގެ ދެވަނަ އަމަލެވެ.
މިއަދު އޮންލައިން