ކުޑަކުދިންނަށްޓަކާއި ފޯރިގަދަ ތަފާތު ކުޅިވަރުތަކާއި މޫދުގެ ބައެއް ކުޅިވަރުތަކާއިއެކު "ސިފައިންގެ އާއިލީ ހަވީރު 2018" މިހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ މިޚާއްސަ ހަރަކާތަކީ އާންމުކޮށް ހުޅުވާލައިގެން ބޭއްވެ ހަރަކާތެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.
ރަސްފަންނު ބީޗުގައި މިމަހުގެ 27 ވާ ހުކުރު ދުވަހާއި 28 ވާ ހޮނިހިރު ދުވަހު މިއާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ން 18:00 އަށެވެ.
މީގެއިތުރުން ސިފައިންގެ މަސައްކަތާއި ގުޅޭ ކަންކަން ދައްކާލުމާއި ބަޑިޖެހުމަށް ޚާއްސަ ސްޓޯލެއް ވެސް މިހަވީރުގައި ހިމަނާފައިވެއެވެ. ސިފައިންގެ އާއިލީ ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަަކަށް ހަދިޔާއެއް ވެސް ލިބޭނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.
"ސިފައިންގެ އާއިލީ ހަވީރު 2018" ހުޅުވުމަށް ހަމަޖެހިފައިވަނީ ވަރަށް ޚާއްސަ ރަސްމިއްޔާތަކާއިއެކުއެވެ.