ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނެރޭ ބަންދު އަމުރުތައް، ހައިކޯޓުގެ ދެ ބްރާންޗަށް ހުށަހެޅުމުގެ ބަދަލުގައި ހައިކޯޓަށް ހުށަހަޅަމުން ގެންދިޔުމަށް އެކޯޓުން އަންގައިފިއެވެ.
މިކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ހައިކޯޓުގެ ދެކުނު ބްރާންޗާއި އުތުރު ބްރާންޗަށް ހުށަހަޅަން ޖެހޭ އަމުރުތައް ހައިކޯޓަށް ހުށަހަޅަން އެންގޯ އެދެ ބްރާންޗުގައި ފަނޑިޔާރުން ގާއިމްވެ ނުތިބެން ނިންމުމާއި ގުޅިގެން ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ހައިކޯޓުގެ ދެކުނު ބްރާންޗުގައި ތިބި ފަނޑިޔާތުން މާލެ ބަދަލުކޮށް އުތުރު ބްރާންޗާއި ދެކުނު ބްރާންޗުގައި ފަނޑިޔާރުން ގާއިމްވެ ނުތިބޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ.