އުމުރު އޮޅުވާލައިގެން ސޯޝަލް މީޑިއާ ބޭނުންކުރާ މައްސަލައަށް ހައްލު ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އުމުރު އޮޅުވާލައިގެން ސޯޝަލް މީޑިއާ ބޭނުންކުރާ މައްސަލައަށް ހައްލު ހޯދަނީ

އުމުރު އޮޅުވާލައިގެން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މައްސަލައަށް ހައްލު ހޯދުމަށާއި، ބޮޑެތި މީހުންގެ އިހުމާލުން ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭ ހާލަތުގައި އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ހިނގާ ކަންކަމުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މައިންބަފައިންގެ އިހުމާލުން ހިނގާ ކަންކަމާއި، ބޮޑެތި މީހުން މެދުވެރިވެގެން ކުޑަކުދިން ލައްވާ ކުށްތައް ކުރުވުން ނުވަތަ ކުށަށް ހުށަހެޅޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް އޮތުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުވެސް ބައެއް ޤާނޫނުތަކުގައި ކުޑަކުދިން ރައްކާތެރި ކުރުމަށް ޚާއްސަ ކަންކަން ހިމަނާފައިވާ ކަމަށާއި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ ގޮތަށް ޢަމަލު ކުރުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމާއި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަކީ ކުށެއް ކަމަށް ކަނޑައަޅާފައި އެބަހުރި. މިކަން ތަންފީޒުކުރާ ޤައުމުތަކުގައި އެބަހުރި މި އެންގަލްއިން މަސައްކަތް ކޮށްފައި. ކުޑަކުދިން އެކައުންޓް ހަދާއިރު ގެނެވޭނެ ރިސްޓްރިކްޝަންތަކާއި، ގެނެވޭނެ ހައްލުތަކާއި، ބޮޑު މީހަކު އިންވޯލްވެގެން އެކްސްޕޯޝަރއަށް ގޮއްސިއްޔާ އަމަލުކުރާނީ ކިހިނެތްތޯ،" ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

މިއަދު އޮންލައިން