12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އޭޖީ ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އޭޖީ ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެއަޑުއެހުން ބޭއްވި ބެންޗު ބަދަލުވެފައިވާތީ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށާއި އެމައްސަލަ ނިންމަން އަޑުއެހުން ބާއްވާ ދުވަސް ފަހުން އަންގާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ އިހަވަންދޫދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުޙައްމަދާއި ހަނިމާދޫގެ މެމްބަރު ޙުސެއިން ޝަހުދީއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާއާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ އިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންއެވެ.

މިއަދު އޮންލައިން