"ޙާލަތު ޒަރޫރީ" ކަމަށް ބުނެ ޤާނޫނު އަސާސީ އާ ޚިލާފަށް ކަންކަމެއް ނުކުރެވޭނެ: ޝާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
"ޙާލަތު ޒަރޫރީ" ކަމަށް ބުނެ ޤާނޫނު އަސާސީ އާ ޚިލާފަށް ކަންކަމެއް ނުކުރެވޭނެ: ޝާހިދު
"ޙާލަތު ޒަރޫރީ" ކަމަށް ބުނެ ޤާނޫމު އަސާސީ އާއި ޚިލާފަށް ކަންކަން ނުކުރެވޭނެ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކަ ކަމަށާއި "ޙާލަތު ޒަރޫރީ" އަކީ ޤާނޫނު އަސާސީގައިވާ އެއްޗެއް ނޫން ކަމަށެވެ. "ޙާލަތު ޒަރޫރީ" އޭ ބުނެ ޤާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާ ކަންކަމާއި ޚިލާފަށް އަމަލެއް ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއް ކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ.

"ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި އޮންނާނީ ކުއްލި ނުރަައްކަލުގެ ހާލަތުގެ ވާހަކަ. "ޙާލަތު ޒަރޫރީ" އަކީ ޤާނޫނު އަސާސީގައިވާ އެއްޗެއް ނޫން. "ޙާލަތު ޒަރޫރީ" އޭ ބުނެ ޤާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާ ކަންކަމާއި ޚިލާފަށް އަމަލެއް ނުކުރެވޭނެ. އެއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން! ޤާނޫނު އަސާސީގެ 8 ވަނަ މާއްދާ ބައްލަވާލައްވާ!"

ޢަބްދުﷲ ޝާހިދު މިމޭރުމުން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވާ ޖަލްސާތަކުގައި ކަންކަން ފާސްކޮށް ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާތީ އެކަން އެގޮތަށް ނުކުރެއްވޭނެކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން