އިންސާފުން ބޭރުން ޝަރީއަތްކުރާ މީހުންނާ ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަން ހަނދާންކުރަން ޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިންސާފުން ބޭރުން ޝަރީއަތްކުރާ މީހުންނާ ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަން ހަނދާންކުރަން ޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފި
ޢަދުލުވެރިކަމާއި އިންސާފުން ބޭރުން ޝަރީއަތްކުރާ މީހުންނާއި ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަން ހަނދާންކުރަން އެފަދަ ގޮތްގޮތަށް ޝަރީއަތްތައް ކުރާ ފަނޑިޔާރުންނަށް އައްޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝަރީއަތްތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަކީ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް ވެސް ބަޔާން ކުރައްވައިފައެވެ.

"ޝަރީއަތްތައް އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަކީ މުޖުތަމައުގެ ހަމަޖެހުމާ އެއްބައިވަންތަކަމަށް ކޮންމެހެން ބޭނުން ކަމެއް! މިކަމަށް އިހްމާލުވާމީހުންނާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަން ހަނދާންކޮށްލުން އެދެން."

އިސްލާމް ދީނުގައި ޝަރީއަތް ކުރަން އޮންނަނީ ދެފުށް ފެންނަ ގޮތަށް، ވީހައި ހާމަކަން ބޮޑުކޮށެވެ. ނަމަވެސް ރާއްޖޭގެ ކޯޓުތަކުގައި މިހާރު ކުރާ ބައެއް ޝަރީއަތްތަކުގެ ބޮޑުބައި ސިއްރު ހެއްކާއި ސިއްރު ބަޔާންތަކަށް ބުރަވެ ކުރަމުން ގެންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ރާއްޖޭގައި އެންމެ ބޮޑެތި ދީނީ ޢިލްމުވެރިން ވެސް ގެންދަވަނީ އެކަންކަމަށް ކަންބޮޑުުން ފައުޅުކުރައްވަމުންނެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ވެސް ގެންދަވަނީ މިކަން ކަމަށް ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ. ޝައިޚް ޢަލީ ޒާހިރުވެސް ވިދާޅުވެފައިވަނީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީޢަތް ދަންނަ ކަމެއް ނޫން ކަމަށެވެ.


މިއަދު އޮންލައިން