ޤާނޫނު އަސާސީ ފުރިހަމަ - ނަމަވެސް ޤާނޫނޫ އަސާސީއާ ޚިލާފަށް އެތައް ޤާނޫނުތަކެއް މިހާރުވެސް ހަދައިފި!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޤާނޫނު އަސާސީ ފުރިހަމަ - ނަމަވެސް ޤާނޫނޫ އަސާސީއާ ޚިލާފަށް އެތައް ޤާނޫނުތަކެއް މިހާރުވެސް ހަދައިފި!: ޝައިޚް އިލްޔާސް
ޤާނޫނު އަސާސީ ފުރިހަމަ ކަމަށާއި ޤާނޫނު އަސާސީ ފުރިހަމަ ނަމަވެސް ޤާނޫނޫ އަސާސީއާއި ޚިލާފަށް އެތައް ޤާނޫނުތަކެއް މިހާރުވެސް ހަދާފައިވާކަން ފާހަގަކުރައްވައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ އިސްލާމް ދީނުގެ އެއްވެސް އަސްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ. ނަމަވެސް މިހާރުވެސް އެފަދަ އެތައް ޤަނޫނުތަކެއް ވަނީ ފާސްކޮށްފައެވެ.

އެއިގެ ތެރޭގައި ﷲ ބާވައިލެއްެވެވި ހައްދުތައް ބަދަލުކުރުމާއި މަސްތުވާ ތަކެތީގެ ޤާނޫނު ފަދަ ޤާނޫނުތައް ފާހަގަކުރަންޖެހެއެވެ. އަދި ރާއްޖޭގެ ޝަރުޢީ ކަންކަން ނިންމުމުގައި އަމަލުކުރާ އުޞޫލުތައްވެސް ހިމެނޭކަން ދީނީ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

"ޚިޔާލު ތަފާތުވުމުގެ ޙައްޤު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވެއެވެ. ނަމަވެސް ޙަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ. ޤާނޫނު އަސާސީ ފުރިހަމައެވެ. ނަމަވެސް މިހިސާބަށް އެ ޤާނޫނު އަސާސީގައިވާ ގޮތާއި ޚިލާފަށް ކިތައް ޤާނޫނުތައް ހެދިފަވާކަން ކޮމެންޓް ކުރެއްވި ބޭފުޅުންނަށް އެނގި ނުލައްވާތީ ހިތާމަ ކުރަމެވެ." ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.



މިއަދު އޮންލައިން