ރޮޒައިނާ ވިދާޅުވީ ދިވެހިން ރެފިއުޖީންނަށް ހަދަން މަސައްކަތް ނުކުރުމަށާއި މިހާރުން މިހާރަށް ދަފުތަރު ލެއްޕުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. ރާއްޖެތެރޭ މީހާ، މާލޭ މީހާ، މާލޭ ބޭފުޅާ މިއީ ވަރަށް ނާތަހުޒީބު ވިސްނުމެއް ކަމަށާއި އެފަދަ ވިސްނުންތައް ގެންގުޅުނު ޒަމާން މާޒީވެ ހިނގައްޖެ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން ރެފިއުޖީންނަށް ހަދަން ނޫޅުމަށާއި މާލޭގެ ދަފުތަރު އުވާލުމަށް ސަރުކާރަށް ގޮވާ ލައްވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މިއީ ހަމަހަމަކަމުގެ ޒަމާން ކަމަށާއި މާލޭ ބޭފުޅާއާއި ރާއްޖެތެރޭ މިހާގެ ވާހަކައަކީ ގާނޫނުއަސާސީގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި އޮންނަނީ ދިވެހިންގެ ވާހަކަ ކަމަށެވެ. އަދި އައިޑީކާޑު އޮތްނަމަ ފުލެޓު ލިބެންވާނެ ކަމަށާއި މިދަނޑިވަޅުގައި މާލޭގެ ދަފުތަރުގައި ޖެއްސުމުގެ ފުރުސަތަށް ހުޅުވާލައިގެން ސަރުކާރުން އުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުން ވައްކަން ކުރުމަށް ކަމަށެވެ.
Raajjetherey meeha, Male’ meeha, Male’ beyfulhaa, mee varah naathahuzeebu visnumeh! Ézamaan hingajje!
—
Mee hamahama kamuge zamaan! Qaanoon asaasee aku novey thi Male’ beyfulhaaya, raajjetherey meehaage vaahaka eh! Onnany dhivehinge vaahaka! #DhaftharuUvaala
Dhivehi rayyithun flat ah edheykah nujeheyey dhaftharegga jahaakah. Kon dhaftharehtha?
—
Dhivehin refugeennah hadhan noolhey. Thi dhaftharu mihaarun mihaarah lappaafa uvaala!
ID card othiyya flat libenvaane!Vote ge vakkamah thi thayyaaru vany! pic.twitter.com/cghC9fGIU6