ކޯލިޝަނުގެ މެނިފެސްޓޯ ޢާންމުކުރާނީ ޕާޓީތަކުން މަޝްވަރާކުރުމަށްފަހު: ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޯލިޝަނުގެ މެނިފެސްޓޯ ޢާންމުކުރާނީ ޕާޓީތަކުން މަޝްވަރާކުރުމަށްފަހު: ޢަލީ ޒާހިރު
މިއަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުގެ މެނިފެސްޓޯ ޢާންމުކުރާނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށްފަހުގައި ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.



އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ޒާހިރު ވިދާޅުވީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް ނިންމުމުގެ ކުރިން އެކަމުގެ ވާހަކަތައް ނުދައްކަވާނެ ކަމަށެވެ.

ޢަލީ ޒާހިރު ވިދާޅުވީ އެޕާޓީގެ ސިޔާސަތުތަކާއި ޚިޔާލުތަފާތުވާ ބައަކު ޕާޓީން ވަކިވުމަކީ ޕާޓީ ނެތުމެއް ނޫން ކަމަށާއި ޚިޔާލު ތަފާތުވާ ބައަކު ދިއަ ނަމަވެސް ތިބި މެންބަރުންނާއިއެކު އަދާލަތު ދާނީ ކުރިއަށް ކަމަށެވެ.



ޢަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީއަކީ އަދިވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އޮތް ޕާޓީއެއް ކަމަށާއި ޕާޓީގައި މެންބަރުންވެސް އެބަތިބި ކަމަށެވެ. ޕާޓީގެ ގުނަވަންތައް ވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށްވާއިރު އަދާލަތު ޕާޓީއަކީ ނެތް ޕާޓީއެއްގެ ގޮތުގައި ބެލުމަށް އެއްވެސް ފުރުޞަތެއް ނެތް ކަމަށެވެ.

އަދާލަތު ޕާޓީގެ ރަސްމީ ދަފްތަރުގައި މެންބަރުން މަދުކަމަށް ދައްކަނީ އިލެކްޝަންސް ކޮމިޝަނުން ކުއްލިއަކަށް ޤަވާއިދެއް ފާސްކޮށް އެޕާޓީގެ އެތައް ހާސް މެންބަރުންގެ ނަން އުނިކުރުމާއި ގުޅިގެންކަމަށެވެ.
މިއަދު އޮންލައިން