ދައުލަތަށާ މީޑިއާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އާސްތާނާ ޝުކޫރު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދައުލަތަށާ މީޑިއާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އާސްތާނާ ޝުކޫރު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި
ދިވހި ދައުލަތަށާއި ދިވެހި މީޑިއާއަށް އަދި ކުޅިވަރަށްވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މ. އާސްތާނާ ޢަބްދުއްޝުކޫރު ޢަލީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

ޢަބްދުއްޝުކޫރު ޢަލީ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު މިއަދު ހެނދުނު 8:30 ހައިއިރުއެވެ.

ޢާއިލާއިން މައުލޫމާތު ދެއްވި ގޮތުގައި ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ޢަބްދުއްޝުކޫރު ޢަލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން ދިވެހި ކުޅިވަރަށްވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ޢަބްދުއްޝުކޫރު ޢަލީ ވަނީ ދިގު މުއްދަތެއްގައި މީޑިއާއަށް ޚިދުމަތްކުރައްވައިފައެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ނެރުނު މަޖައްލާ ކަމަށްވާ "އާބާރު" ނެރުއްވުމުގެ އިތުރުން 200 އަށްވުރެ ގިނަ ވާހަކަ ވަނީ އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރައްވައިފައެވެ.

މާތްﷲ މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި! އާމީން.
މިއަދު އޮންލައިން