"ނިވްއިޔަރ ފާހަގަކުރަން އޭކޮން މިޔުޒިކް ޝޯ ބޭއްވީ އެކަން ނުކުރަން އިސްލާމިކް މިނިސްޓަރު އާދޭސް ދަންނަވަނިކޮށް. މޫނު ބުރުގާ އެޅި ޓީޗަރު ވަޒީފާއިން ވަކިކުރީ އެކަން ނުކުރުމަށް ޢިލްމުވެރިން އާދޭސްކުރަނިކޮށް. އިމިގްރޭޝަން މުވައްޒިފުންގެ މައްސަލަވެސް ހަމައެހެން. ވީމާ މިވަރުން ގޮތް އެނގި ފުދިއްޖެ." މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުކުރައްވާފައިވާ ޓްވީޓެކެވެ.
"ނިވްއިޔަރ ފާހަގަކުރަން އޭކޮން މިޔުޒިކް ޝޯ ބޭއްވީ އެކަން ނުކުރަން އިސްލާމިކް މިނިސްޓަރު އާދޭސް ދަންނަވަނިކޮށް" ކަމަށް ޑރ. އިޔާޟް ވިދާޅުވެފައިވާ ބަސް ފުޅަކީވެސް ވަރަށް ތެދު ޙަޤީޤަތެކެވެ.
ކާފަރުން ފާހަގަކުރާ ޢީދުތައް މުސްލިމުން ފާހަގަކޮށްގެން ނުވާނެކަން ބަޔާން ކުރައްވައި އެއިރު އިސްލާމިކް މިނިސްތަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވަރަށް ގިނަ މެސެޖުތައް ސަރުކާރަށް ދެއްވައިފައެވެ. އަދި ކޮންމެހެން ޝޯ ބާއްވާނަމަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އެކަން ނުކޮށް އެއް ރޭ ކުރިއަށް ނުވަތަ ފަހަތަށް ޖައްސައިގެން ބޭއްވުމަށްވެސް އިރުޝާދު ދެއްވިއެވެ. އެ މެސެޖުތައް ޢާންމުކުރައްވައި ޓްވީޓްވެސް ކުރެއްވިއެވެ.
އެއިރު ބުނަމުން އައީ އަހްމަދު އަދީބު ގަދަފައި ވިއްދައިގެން ކުރުވި ކަމެއް ކަމަށެވެ. ނަމަވެސް އަދީބު މަޤާމުން ވަކިކޮށް ބަންދުކުރި ފަހުންވެސް ކޮންމެ އަހަރަކުވެސް އަންނަނީ ޝޯ ބާއްވަމުންނެވެ.
މިއަަހަރުވެސް ބައެއް ޢިލްމުވެރިން އެކަން ނުކުރުމަށް ވިދާޅުވުމުން ޓޫރިޒަމް މިނިސްޓަރު ވަނީ ދީނީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރައްވައި ގޮން ޖައްސަވައިފައެވެ. ޝޯގައި ވާހަކަފުޅު ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ މިއަހަރުވެސް އަދިވެސް އިތުރު ޝޯތައް ބާއްވަވާނެ ކަމަށެވެ.
ޔަހޫދީންނަށް ހޮނިހިރު ދުވަހު މަސް ނުހިފަން ﷲ ތަޢާލާ އެންގެވުމުން މަހެއް ނުހިފައެވެ. (ދައު ޖަހައި) މަސްތައް ބަންދުކޮށްލީއެވެ. ދިވެހި ސަރުކާރުން ނވްއިޔަރ ފާހަގައެއް ނުކުރެއެވެ. ޓޫރިޒަމަށް ލިބޭ ކާމިޔާބީ ފާހަގަކޮށް މިޔުޒިކްޝޯތައް ބާއްވަނީ އެވެ.
މިގޮތަށް ބާއްވާ ޝޯތަކުން ޓޫރިޒަމަށް ލިބޭ ފައިދާ އެއް ނުފެނެއެވެ. ސިނާއަތް ދަނީ އިނދަޖެހެމުންނެވެ. ރިޒޯޓުތަކުގެ އޮކިޔުޕަންސީ ދަނީ ދަށްވަމުންނެވެ.
90- 80 އިންސައްތަ އޮކިޔުޕަންސީގައި ހިންގަމުން އައި މަޝްހޫރު ބައެއް ރިޒޯޓްތަކުން ބުނަނީ 25 އިންސައްތަ އޮކިޔުޕަންސީގައި ހިންގާތާ ،3 4 މަސް ވެއްޖެ ކަމަށާއި ރިޒޯޓް މެނޭޖްކުރަން ހިނގާ ޚަރަދު ދެކޮޅު ޖެހެނީވެސް 60 އިންސައްތަ އޮކިޔުޕަންސީ ލިބިގެން ކަމަށެވެ.
މިފަދަ ޝޯތަކަށް ކުޑަކުދިން ގެންގޮސް މިއީ ކުރަންޖެހޭ ކަމެއްކަން މިއަދުގެ ކުޑަކުދިންނަށާއި ޒުވާން ޖީލަށް ދަސްކޮށްދެމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ.
New year faahaga kuran acon ge music show beyvvee ekan nukuran Islamic Minister aadheys dhannavanikoh.
— Dr Mohamed Iyaz (@dr_iyaz) July 6, 2018
Moonu burugaa elhi teacher in vazeefa in vaki kury ekan nukurumah ilmuverin aadheys kuranikoh.
Immigration muvazzafun ge massala ves hama ehen.
Veema mivarun goiy engi fudhijje